ވެލިއުސް

ޕްރިޒަން ކްލަބް

ޕްރިޒަން ކްލަބަކީ ވަކި މަޤްޞަދު ތަކެއް ޙާޞިލް ކުރުމަށް އުފައްދާފައިވާ އެން.ޖީ.އޯ އެކެވެ. މި ކްލަބުގެ މަޤްޞަދު ތަކަކީ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންނާއި އެމީހުންގެ ޢާއިލާ ތަކާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުވުމަށާއި، ޤައުމީ ކަންކަމުގައާއި ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިވެދިނުމަށާއި، ސަރުކާރާއި އެހެނިހެން ޖަމިއްޔާތަކުން އިންތިޒާމް ކޮށްގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، އެހީތެރިވެދިނުމުގެ އިތުރުން ޕްރިޒަން އޮފިސަރުން އަދި މުވައްޒަފުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމެވެ. އަދި ގިނަވަގުތު ވަޒީފާގެ މާޙައުލުގައި އުޅެން ޖެހުމުން އާއިލާއާއި ދުރުގައި އުޅެންޖެހިފައިވާ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން އެމީހުންގެ އާއިލާއާއިއެކު ވަގުތުހޭދަވާނެގޮތަށް މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ދިވެހި މުޖުތަމަޢުއަކީ ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއަކަށް ހެދުމަށް މަސައްކަތް ކުރުމާއި ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންނަކީ ތަޢުލީމީ އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމުގެ އިތުރުން ކުޅިވަރުގެ ރޮނގުންނާއި، އިޖްތިމާޢީ އަދި އެހެނިހެން ރޮނގުރޮނގުން ޤައުމީ ފެންވަރުގައާއި ކްލަބް / ޖަމިއްޔާ ފެންވަރުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ތަމްޘީލު ކުރުމާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ރީތިނަން ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ.