Post Image

ހައްގުތައް

ކޮންމެ ގައިދީއަކަށްވެސް ހައްގުތަކެއް ލިބިގެންވެއެވެ. އޭގެތެރޭގައި ބުލީ ކުރުމާއި އެކިވައްތަރުގެ ގޯނާތަކުން ސަލާމަތްވުމުގެ ހައްގާއި ސިއްހީ އެހީ ލިބުމުގެ ހައްގާއި (ނަފްސާނީ ބައްޔެއް ވާނަމަ އެކަމަށް އެހީ ލިބުން) މައުލޫމާތު ލިބިގަތުމުގެ ހައްގު ލިބިގެން ވެއެވެ.

ގައިދީއަކު ނުވަތަ ބަންދު މީހަކު މައުލޫމާތެއް ސާފުކުރުމަށް އެދޭނަމަ، އެކަމަށް އެދި ޖަލަކަށް ނޫނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް “މައުލޫމާތު ހޯދުމަށް އެދޭ ފޯމް” ނުވަތަ ސިޓީއެއް ހުށަހެޅިދާނެއެވެ. އަދި ކަމަކާމެދު ހިތްހަމަނުޖެހޭނަމަ ނުވަތަ މައްސަލައެއް ވާނަމަ، ޝަކުވާ ހުށަހެޅުމުގެ ހައްގާއި ގައިދީއަކު ނުވަތަ ބަންދު މީހަކު ޖަލުގެ ހާލަތާއި ހިދުމަތްތަކާއިމެދު ނޫނީ އެއްވެސް ކަމަކާމެދު ހިތްހަމަނުޖެހޭނަމަ، “ޝަކުވާ ހުށަހަޅާ ފޯމް” ނޫނީ ސިޓީ މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅެއް އަޅަންޖެހޭ ހާލަތެއްގައި ފިޔަވަޅު އަޅާނެއެވެ. އަދި ތައުލީމާއި ފަންނީ ތަރައްގީ އާއި ޕެރޯލަށް ޝަރުތު ހަމަނުވާނަމަ، ޕެރޯލް ޕްރޮގްރާމަށް ވަނުމަށް އެދި ފޯމް ހުށަހެޅޭނެއެވެ.