Post Image

ޖަލުން ލިބޭ އިނާޔަތްތައް

އިނާޔަތްތައް: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުގައިވާ ޖަލުތަކުން އަމަލުކުރަނީ “ޕްރިވިލެޖް-ބޭސްޑް” ސިސްޓަމަކަށެވެ. މާނައަކީ ގަވާއިދަށާއި އަމުރަށް ކިޔަމަންވާ ގައިދީންނަށް އިނާޔާތްތައް ލިބޭނެއެވެ. އެކި ޖަލުތަކުގައި ލިބޭ އިނާޔަތްތައް ތަފާތުވުވެދާނެއެވެ. މިފަދަ އިނާޔަތްތަކަކީ:

 

ހ. 7 މިނެޓްގެ ފޯން ކޯލެއް މަހަކު ދެ ފަހަރު އާއިލާއަށާ ގާނޫނީ ވަކީލަށް.

ށ. މިނިމަމް އަދި މީޑިއަމް ސެކިއުރިޓީގެ ގައިދީންގެ އާއިލާއިން ފޮނުވާ ފައިސާ ނުވަތަ ޖަލުގައި އެލަވަންސް އުސޫލަށް މަސައްކަތްކޮށްގެން ލިބިފައިވާ ފައިސާ ބޭނުންކޮށްގެން ބޭނުންވާ ތަކެތި ގަތުމުގެ ފުރުސަތު ލިބުން (ކާބޯތަކެތި، ގައިން ތާހިރުވެ ރީތިވާން ބޭނުންވާ ތަކެތި، ރޭޑިއޯ، ޓީވީ، ޑީއައިވީއެކްސް ޕްލެޔަރސް ފަދަ ތަކެތި).

ނ. މަހަކު އެއްފަހަރު އާއިލާއާއި ގާނޫނީ ވަކީލާ 01 ގަޑިއިރަށް ބައްދަލުކުރެވިދާނެ.

ރ. މަހަކު އެއްފަހަރު ގައިދީއާ ބައްދަލުކުރެވޭނީ ގިނަވެގެން އާއިލާގެ 10 މެންބަރުން.

އައްސޭރި ޖަލާއި މާފުށީ ޖަލުގައިވާ ގައިދީންގެ ތެރެއިން ކައިވެނި ކޮށްގެން އުޅޭ ގައިދީންނަށް އަނބިމީހާ ނުވަތަ ފިރިމީހާއާއެކު މަހަކު އެއްފަހަރު 12 ގަޑިއިރަށް އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންވެއެވެ.

އަދަބުލިބުން: އައްސޭރި ޖަލުގައި ގަވައިދާ ހިލާފުވާ ނުވަތަ އަމުރަށް ނުކިޔަމަންތެރިވާ ގައިދީން އާންމު ގޮތެއްގައި އެހެން ޖަލަކަށް ބަދަލުކުރެވޭނެއެވެ. މާފުށީ ޖަލުގައި ގަވައިދާ ހިލާފުވާ ނުވަތަ އަމުރަށް ނުކިޔަމަންތެރިވާ ގައިދީންނަށް ދެވޭ އަދަބުތަކަކީ:

ހ. އިނާޔަތްތައް ކަނޑާލާއި  އެހެން ޔުނިޓަކަށް ބަދަލުކުރުން (ފޯން ކޯލް، ކެންޓީނުން ތަކެތި ގަތުން، ރޭޑިއޯ، ޓީވީ، ޑީއައިވީއެކްސް ޕްލެޔަރސް ފަދަ އިނާޔާތްތައް)

ށ. ޔާޑުގައި ހޭދަކުރާ ވަގުތު ކަނޑާލުން

ނ. ސެކިއުރިޓީގެ ގިންތީ ބަދަލުކުރުން

ރ. ވަކި ވަގުތަކަށް އެހެން ގައިދީންނާ އެކަހެރިކޮށް ބެހެއްޓުން