Post Image

އަނބުރާ މުޖުތަމަޢުއަށް ނުކުތުން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަސައްކަތްކުރަނީ ކުށްވެރިން ރިހެބިލިޓޭޓްކޮށް، އެމީހުންނަކީ އަލުން ކުށެއްކޮށްގެން އަނބުރާ ޖަލަށް އަންނަން ނުޖެހޭ ބައެއްގެ ގޮތުގައި ހެދުމަށެވެ. ކުށުގެ ވެށިން ދުރުހެލިވޭތޯ ގައިދީން ނަފްސާނީ ގޮތުންނާއި އުޅުމުން އިސްލާހުކޮށް، މުޖްތަމައުއަށް ނިކުތުމަށް ތައްޔާރުކުރުމަށް މަސައްކަތްކުރެވެއެވެ. މިގޮތުން ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ތައުލީމާއި ފަންނީ ކުރިއެރުން އެކުލަވާލުމުގެ ބޭނުމަކީ، މަޖްތަމައުއަށް އަނބުރާ ނިކުތުމަށްފަހު ތެދުވެރިގޮތުގައި އާމްދަނީއެއް ހޯދުމަށް ބާރުއަޅައި، މުޖްތަމައު ގަބޫލުކުރާފަދަ ފަރުދަކަށް ހެދުމެވެ.

ގައިދީން މުޖުތަމަޢުއަށް ނުކުތުމަށްފަހު އަލުން އަނބުރާ ޖަލަށް ނާންނާނެ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގެންދަނީ ކުރަމުންނެވެ. އެމް.ސީ.އެސް އިން ދެމުންގެންދާ ތަޢުލިމާއި ތަރުބިއްޔަތު ބިނާކޮށްފައިވާނީ މިގޮތަށެވެ. ޖަލުގައި ކޮންމެ މީހަކަށްވެސް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި އެ ފުރުޞަތުގެ ބޭނުން ހިފައިގެން ގިނަ ގައިދީން ގެންދަނީ އެމީހުންގެ ތަޢުލީމީ ޙަޔާތް ފުރިހަމަ ކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

ހުރިހާ ގައިދީންނާއި ބަންދުގައިވާ މީހުން ޖަލު ދޫކޮށް މުޖްތަމައުއަށް އަނބުރާ ނިކުމެވޭނީ:

ހ. ކޯޓު އަމުރަކުން / ހުކުން ބާތިލް ކުރުމުން.

ށ. ހުކުމް ތަންފީޒުކޮށް ނިމުމުން.

ނ. ޕެރޯލް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ލިބުން.

ރ. ކްލެމެންސީގެ ދަށުން މައާފު ލިބުން.