ވެލިއުސް

އަސާސީ ބޭނުންތަކާއި ޚިދްމަތްތައް

ކޮންމެ ޤައިދީއަކަށް ކޮންމެ ދުވަހަކު 5 އިރު ކެއުން ލިބުމުގެ އިތުރުން، ކޮންމެ ޖަލު ގޮޅިއެއްގައި ބޯފެނުގެ ގޮތުގައި ޑީސެލިނޭޓެޑް ފެނާއި ފާޚާނާއެއް އެކުލެވިގެން ވާނެއެވެ. އަދި ކޮންމެ ޤައިދީއަކަށް ނިދުމަށް ބާލިސް، ބެޑްޝީޓް ފަދަ ތަކެތި ލިބުމުގެ އިތުރުން ފެންވަރާ ގައިން ތާހިރުވުމަށް ބޭނުންވާ ތަކެތި ލިބެއެވެ.

މާލޭ ޖަލުގައި ނޫން އެހެން ޖަލުތަކުގައި އެންމެ ލުއި ދަރަޖައާއި މެދު ދަރަޖައިގެ ސަލާމަތީ ގިންތީގެ ޤައިދީންނަށް މަދުވެގެން 01 ގަޑިއިރަށް ޔާޑުގައި ވަގުތު ހޭދަކުރުމަށް ލިބޭނެއެވެ.