ވެލިއުސް

ވެލިއުސް

ޚިދުމަތް: އަޅުގަނޑުމެން ޤައުމަށް ޚިދުމަތްކުރަނީ ކުށްވެރިންނަށް އަދުލު އިންސާފު ފޯރުކޮށްދޭ ނިޒާމްގެ މުހިއްމު ބައެއްގެ ގޮތުގައިއެވެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ރައްކާތެރި މުޖްތަމަޢުއެއް ބިނާކުރުމުގައި ފައިދާހުރި ދައުރެއް އަދާކުރެވޭތޯއެވެ.

ގުޅިގެން މަސައްކަތްކުރުން: އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރަނީ އެހެން އޭޖެންސީތަކާއިއެކު ފައިދާހުރި ޕާޓްނަރޝިޕްތަކެއް ޤާއިމުކޮށް، ފުޅާ ދާއިރާތަކުގެ ވިސްނުންތަކާއި ޚިޔާލުތަކުން އަޅުގަނޑުމެންގެ ހިދުމަތަށް ފައިދާކުރުން.

ފުރިހަމަކަން: އަޅުގަނޑުމެންގެ ސުލޫކު ދަމަހައްޓާނީ ފާހަގަ ކުރެވޭގޮތަށް، އަދި އުނދަގޫތަކާ ކުރިމަތިވިޔަސް،   ހިތްވަރާއިއެކު ރަނގަޅު ގޮތް ޚިޔާރުކުރާނަން.

ނަޒާހަތްތެރިކަން: އަޅުގަނޑުމެން އަމަލުކުރަނީ ޤާނޫނާ އެއްގޮތަށް، ސާފުކޮށް، ތެދުވެރިކަމާއި އިތުބާރާއި އިންސާފްވެރިކަމާއި އެތިކްސްއާއެކު.

ޖަވާބުދާރީވުމާއި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން: އަޅުގަނޑުމެންގެ ނަފްސަށާއި އަމަލުތަކަށާއި ނިންމުންތަކަށް ޒިންމާ ވާނީ އަޅުގަނޑުމެން. ޢަލުގަނޑުމެންގެ އަމަލުތަކުން އަޅުގަނޑުމެންގެ މުޖްތަމަޢުގެ ރައްކާތެރިކަމަށް ބޮޑު އަސަރުތަކައްކުރޭ އަދި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުން އަޅުގަނޑުމެންގެ މުޖްތަމަޢުގެ ސަލާމަތާ ރައްކާތެރިކަން ދެމަހައްޓަން.