ވެލިއުސް

ޕްރިސްކޯ

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީއަކީ ކޯޕަރޭޓިވް ސޮސައިޓިއާ ބެހޭ ޤާނޫނުގެ 7 ވަނަ މާއްދާ އާއި ތަޢާރުޒު ނުވާނެ ފަދައިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގައި މަސައްކަތް ކުރައްވާ މުވައްޒަފުންތަކެއްގެ އިސް ނެންގެވުމާއެކު ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދަވައި ސޮސައިޓީގައި ބައިވެރިވާ މެމްބަރުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ މަސްލަޙަތު ކުރިއެރުވުމާއި ސޮސައިޓީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ހިންގާ ކޮމެޓީގެ 5 ބޯޑް މެމްބަރުންގެ ނިންމެވުމާ އެއްގޮތަށް 3 ސެކްޝަނެއްގެ މައްޗަށް ބަހާލައިގެން ހިންގާ ސޮސައިޓީއެކެވެ.

މި 3 ސެކްޝަންގައި މަސައްކަތް ކުރާ 3 މުވައްޒަފުން މަސައްކަތް ކުރަނީ ބޯޑް މެމްބަރުންގެ ނިންމުންތަކާއި އެއްގޮތަށް ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން ކޯޕަރޭޓިވް ސޮސައިޓީ ހިންގެވުމާ ޙަވާލުވެ ހުންނަވާ މެނޭޖަރެއްގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ.