ވެލިއުސް

އެމް.ސީ.އެސް

‏މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ޤާނޫނު ނަންބަރ 14/2013 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން، ‏‏ރައީސުލް ޖުމުހޫރިއްޔާ އަބްދުއްﷲ ޔާމީން ޢަބްދުލް ޤައްޔޫމް 31 ޑިސެމްބަރ 2013 ގައި އެފެއްދެވި މުއައްސަސާއެކެވެ. ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މައްޗަށް ކުރުން ލާޒިމްކޮށްފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

ހ. ރާއްޖޭގެ ޖަލުތަކުގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމަކަށް ހެދުން.

ށ. ޤައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ޤާއިމުކޮށްދިނުން.

ނ. ޤައިދީންނަށް ތަފާތު އެކިއެކި ރޮގުރުގުން ތަމްރީނުދީ އެކިއެކި ހުނަރުދަސްކޮށްދިނުން.

ރ. ޤައިދީން ކުއްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމަޢަށް ގެނައުމަށް ބާރުއެޅުން.

ބ. ޝަރީޢަތުން ކޮށްފައިވާ ޙުކުމާއެއްގޮތަށް ޙުކުމް ތަންފީޒް ކުރުމުގެ އުސޫލުތައް ކަނޑައެޅުން.

ޅ. ޤާނޫނަކުން ބާރުލިބިގެން ތަޙުޤީޤުކުރާ އިދާރާތަކުން ތަޙުޤީގު މަރުޙަލާގަޔާއި ޝަރީޢަތުގެ މަރުޙަލާގައި މީހުން ބަންދުގައި ބައްތިއްބާނެ ތަންތަނާއި އުސޫލުތައް ކަނޑައެޅުން.