އެމް.ސީ.އެސް

 

ޤާނޫނު ނަންބަރ 14/2013 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ރައީސުލް ޖުމުހޫރިއްޔާ އަބްދުއްﷲ ޔާމީން ޢަބްދުލް ޤައްޔޫމް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އުފެއްދެވީ 31 ޑިސެމްބަރ 2013 ވަނަދުވަހުގައެވެ. ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މައްޗަށް ކުރުން ލާޒިމްކޮށްފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

ހ.

ރާއްޖޭގެ ޖަލުތަކުގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމަކަށް ހެދުން.

ށ.

ޤައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ޤާއިމުކޮށްދިނުން.

ނ.

ޤައިދީންނަށް ތަފާތު އެކިއެކި ރޮގުރުގުން ތަމްރީނުދީ އެކިއެކި ހުނަރުދަސްކޮށްދިނުން.

ރ.

ޤައިދީން ކުއްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމަޢަށް ގެނައުމަށް ބާރުއެޅުން.

ބ.

ޝަރީޢަތުން ކޮށްފައިވާ ޙުކުމާއެއްގޮތަށް ޙުކުމް ތަންފީޒް ކުރުމުގެ އުސޫލުތައް ކަނޑައެޅުން.

ޅ.

ޤާނޫނަކުން ބާރުލިބިގެން ތަޙުޤީޤުކުރާ އިދާރާތަކުން ތަޙުޤީގު މަރުޙަލާގަޔާއި ޝަރީޢަތުގެ މަރުޙަލާގައި މީހުން ބަންދުގައި ބައްތިއްބާނެ ތަންތަނާއި އުސޫލުތައް ކަނޑައެޅުން.

މިގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުން ހިންގާ 3 ޖަލުކަމުގައިވާ މާފުށީ ޖަލު، މާލެ ޖަލު، އައްސޭރި ޖަލުގައި މިވަގުތު 1200 ށްވުރެ ގިނަ މީހުން ބަލަހައްޓަމުން ދެއެވެ. އަދި ހަމަ އެހެންމެ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި 200 ށްވުރެ ގިނަ ބޭރުމީހުން ބަލަހައްޓަމުން ގެންދަމެވެ. އަދި ޕްރިޒަން އޮފިސަރުންނާއި އިދާރީ މުވައްޒަފުން މޯލްޑިވަސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތް ކުރައްވާއިރު، ތަފާތު އެކި ދާއިރާތަކުން ތަޢުލީމު ޙާސިލް ކޮށްފައިވާ ބޭފުޅުންނަށް މި މުވައްސަސާއިން ފުރުސަތު އޮތްކަން ފާހަގަކުރަމެވެ.