Post Image

ޕެރޯލް ޕްރޮގްރާމް

ޕެރޯލް ޕްރޮގްރާމަކީ ކުށްވެރިންގެ އަދަދު މަދުކުރުމަށާއި އިސްލާހުވެފައިވާ ގައިދީން އަނބުރާ މުޖްތަމައުއަށް ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަކީ:

ހ- ޝަރުތުތަކެއް ހަމަވާ ގައިދީންގެ ތެރެއިން ވަކި ކަންތައްތަކެއް ފުރިހަމަވާ ގައިދީންނަށް ހުޅުވާލެވިފައިވާ ފުރުސަތެއް.

ށ- މުޖްތަމައުއަށް ދޫކުރާއިރު ވަކި ކަންތައްތަކެއް ވަކި މުއްދަތެއްގައި ފުރިހަމަކުރުމަށް ޝަރުތުކުރެވިގެންވާ ޕްރޮގްރާމެއް.

މިގޮތުން ޕެރޯލްގެ ދަށުން ދޫކުރެވޭ މީހުން ސުޕަވައިޒްކުރުމުން މުޖްތަމައުއަށް ފައިދާކުރެއެވެ.

ހ- ޕެރޯލްގެ ދަށުން މުޖްތަމައުއަށް ދޫކުރެވޭ މީހުން ސުޕަވައިޒްކުރުމުން އެމީހުން ކުށް ކުރުމުގެ ފުރުސަތު މަދުކުރެވޭނެއެވެ.

ށ- އިސްލާހުވެފައިވާ މީހުންނަށް މުޖްތަމައުއަށް އަނބުރާ ނިކުތުމަށް އެހީތެރިކަން ފޯރުކޮށްދެވެއެވެ.

ޕެރޯލް ޕްރޮގްރާމަށް ޝަރުތު ހަމަވާ ގައިދީން އެކަމަށް އެދި ހުށަހެޅުމުން، އެމީހުން ވަކި ކަންތައްތަކެއް ފުރިހަމަ ވޭތޯ ބަލާ ސްކްރީންކުރާނީ ޕްރޯލް ބޯޑުންނެވެ. ޕެރޯލް ބޯޑު އެކުލެވިގެންވަނީ ލޯ އެންފޯސްމަންޓް ދާއިރާ ތަމްސީލުކުރާ މެންބަރުންނާއި އެކި ދާއިރާތަކުގެ ސަރުކާރުގެ އަދި މުސްތަގިއްލު ޖަމިއްޔާތަކުގެ މެންބަރުންގެ މައްޗަށެވެ.

ޕެރޯލް ޕްރޮގްރާމްގެ ޝަރުތުތަކާއި ޚިލާފުވާ މީހުން، އެމީހުންނަށް ކޮށްފައިވާ ހުކުމްގެ ބާކީއޮތްބައި ޖަލުގައި ތަންފީޒުކުރުމަށް އަނބުރާ ޖަލަށް ގެނެވޭނެއެވެ.